ޔުނާންގެ ދެމަފިރިންގެ ބަންދަށް 7 ދުވަސް ޖަހައިފި

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފިލްމީތަރި ޔުނާންގެ ދެމަފިރިންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު ކޯޓުން ޖަހައިދީފި އެވެ.

މި ދެމަފިރިން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި ދެމީހުންގެ މައްޗަށް ކުރެވެނީ ޔުނާންގެ އާއިލީ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެއެވެ. އިއްޔެ ހެނދުނުން ފެށިގެން އޭނާ ދަނީ އޭނާގެ ކޮއްކޮ ޔުނާން އާއި ރިހުލާ ހައްޔަރު ކުރަން ގޮވާލަމުންނެވެ.

އެނގިފައިވާގޮތުގައި ޔުނާން ބަންދުކޮށްފައި ހުރީ މާލޭ ޖަލުގަ އެވެ. އަދި އޭނާގެ އަންހެނުން ރިހުލާ ހުރީ ދޫނިދޫ ޖަލުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!