ވިލިމާލޭގައި ޤަވާޢިދާ ޚިލާފަށް ހުސްބިންތައް ބޭނުންނުކުރުމަށް މާލެސިޓީ ކައުންސިލުން އެދިއްޖެ

ވިލިމާލޭގައި ޤަވާޢިދާ ޚިލާފަށް ހުސްބިންތައް ބޭނުންނުކުރުމަށް މާލެސިޓީ ކައުންސިލުން އެދިއްޖެއެވެ.

އެ ކައުންސިލުން ބުނީ ވިލިމާލޭގެ ހުސްބިންތައް ޤަވާއިދާ ޚިލާފަށް ބޭނުން ކުރަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަކީ 24 ނޮވެމްބަރު 2019 ގައި ނެރުނު އިއުލާނަކުން މަނާކުރެވިފައިވާ ކަމަށް ކަމަށެވެ.

ފަހަކަށް އައިސް ވިލިމާލޭގެ އެކިސަރަޙައްދުތަކުގައި ހުރި ހުސްބިންތައް ހުއްދަ ނުނަގާ ބިއްގަނޑު ޖަހާ ބަންދުކޮށް ގަސް އިންދާ ހައްދަން ބޭނުންކުރެވެމުންދާ ކަމަށާއި، މިކަމަކީ މާލެ ސިޓީގެ ހުސްބިންތަކާއި، އެކިސަރަހައްދުތަކާއި އަދި މަގުމަތީ ތަކެތި ބެހެއްޓުމުގެ ޤަވާޢިދު ނަންބަރު 2017/R-64 (10 އޯގަސްޓް 2017) އާއި ޚިލާފް ކަމަކަށް ވާތީވެ، (05 އޮކްޓޫބަރު 2020، ހޯމަ) 01 މަސް ދުވަހުގެ ތެރޭގައި ގަސްތައް ނެގުމަށްފަހު ތަން ސާފުކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އަދި މުއްދަތު ހަމަވުމުން ނުނަގާ ހުރި ގަސްތައް މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއިއެކު މާލޭ ސިޓީ ކައުންސިލްއިން ކުރިއަށް ގެންދާނެ ކަމަށާއި މިގޮތަށް ނެގޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ އެ އިދާރާއިން ނުނަގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!