ޔުނާންގެ ދެމަފިރިން ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފި އެވެ.

ވަކި ބައެއްގެ ނަން ހާމަ ނުކޮށް ފުލުހުން ބުނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ މައްސަލައެއް ހޮނިހިރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އުމުރުން 30 އަހަރުގެ އަންހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

އިނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޔުނާންގެ ދެމަފިރިންނެވެ. 

އިއްޔެގެ ވަގުތެއްގައި ބަޔަކު މި މައްސަލައާއި ގުޅިގެން ޔުނާންގެ ދެމަފިރިން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓް ކައިރީގައި އަޑުއުފުލާފައި ވެސްވެ އެވެ.  

އިނގިފައިވާ ގޮތުގައި އެ ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު އެވެ. އަދި ރިހުލާ ގެންދިޔައީ ދޫނިދޫ ޖަލަށް ކަމަށާއި ޔުނާން ހުރީ މާލެ ޖަލުގައި ކަމަށް ވެސް ބުންޏެވެ.

މި ދެމީހުންގެ މައްޗަށް ކުރެވެނީ ޔުނާންގެ އާއިލީ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!