1528 ދަަރިވަރުންނާއެކު އޭލެވެލް އިމްތިހާނު ފަށައިފި

1528 ދަރިވަރުންނާއެކު ރާއްޖޭގައި އޭލެވެލް އިމްތިހާނު ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލުތަކެއް ބަންދު ކޮށްފައި ވާތީ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތިގެން މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ފަސްކުރި އެވެ. އިމްތިހާނު ފަސް ކުރުމަށްފަހު، މިއަދު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަށާފަަ އެވެ. މި އިމްތިހާނުގައި މާލެ އިން 106 ދަރިވަރުން ބައިވެރިވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖުމްލަ 37 ސެންޓަރެއްގައި އިމްތިހާނު ކުރިއަަށްދާނެ ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ހަތަރު ސެންޓަރު ހިމެނެ އެވެ.

ކޮވިޑް19 ގެ ބަލި މާލެ ސިޓީގައި ފެތުރެމުންދާތީ، މާލޭގެ ސްކޫލްތައް ބަންދުކުރިތާ ހަ މަހަށް ވުުރެ ގިނަ ދުވަސްވެއްޖެ އެވެ. ޖޫން މަހު ހުޅުވައިލި ނަމަވެސް ހާލަތު ގޯސްވުމުގެ ސަބަބުން އަލުން ވަނީ ބަންދު ކޮށްފަ އެވެ. މި މުއްދަތުގައި އޭލެވެލް ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމަށްޓަކައި އެކްސްޓްރާ ކްލާސްތަކެއް ސްކޫލުގައި ދިޔައީ ބާއްވަމުންނެވެ. މި ދަރިވަރުން ސްކޫލަށް ގެންނަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އަދި ކިޔަވައިދެމުންވެސް ދިޔައީ ދެބަޔަކަށް ބަހާލައިގެން އޮންލައިން ކްލާސްތަކާއި ސްކޫލް ގަޑިތައް އެކީގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!