ޓޮޓެންހަމުން 6 ގޯލު ޖަހައި ޔުނައިޓެޑް ބަލިކޮށްފި

ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޑަޓާ ޓޮޓެންހަމް ބައްދަކުރި މެޗު 1-6 އަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހަތް މިނެޓްގެ ތެރޭގައި ތިން ލަނޑު ފެނިގެން ދިޔަ އިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޑެޓުންނެވެ. ލިބުނު ޕެނަލްޓީއަކުން އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ފަނާންޑޭޒްއެވެ.

އެހެން ނަމަވެސް އޭގެ ދެ މިނެޓް ފަހުން ޓޮޓެންހަމްއިން ސްކޯ އެއްވަރު ކުރި އިރު ދެކުނު ކޮރެއާގެ ފޯވަޑް ސަންގެ ލަނޑާއެކު މެޗުގެ 7 ވަނަ މިނެޓްގައި ދެވަނަ ލަނޑެއް ޖަހާ ޓޮޓެންހަމްއިން ލީޑު ނެގިއެވެ.

ޔުނައިޑެޓްގެ ފޯވަޑް އެންތަނީ މާޝިއާލްއާ ޓޮޓެންހަމްގެ މިޑްފީލްޑަރު އެރިކް ލަމެލާއާ ދެމެދު ހިނގި ކުރިމަތިލުމެއްގައި މެޗުގެ 28 ވަނަ މިނެޓްގައި މާޝިއަލްއަށް ސީދާ ރަތް ކާޑެއް ދައްކިއެވެ.

އަދި އެއަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމްއިން ވަނީ އިތުރު ދެލަނޑު ޖަހާ މެޗުގެ ނަތީޖާ 1-4 އަކަށް ހަދާފައެވެ. ދެވަނަ ހާފްގައި ވެސް ޔުނައިޑެޓްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު ދެން ވެސް ލަނޑުޖެހީ ޓޮޓެންހަމްއިން ނެވެ. އަދި އިތުރު ދެ ލަނޑު ޖަހާ 1-6 ގެ ނަތީޖާ އެޓީމުން ކަށަވަރުކުރި އެވެ.

ޔުނައިޑެޓްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ މިހާރު ކޯޗުކަން ކުރާ ޓޮޓެންހަމްއިން ހޯދި މި ކާމިޔާބީއާ މެދު އޭނާ ބުނީ ޔުނައިޑެޓްގެ ދަނޑު އޯލްޑް ޓްރެފޮޑްގައި 1-6 އަކުން އެޓީމު ބަލިކޮށްލެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާ މިއީ ޝަރަފެއް ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!