އެންއައިސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވި ނަން ދިރާސާ ކުރުމަށް ކޮމިޓިއަށް

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ)އަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދުގެ ޖަލްސާއަށް ވަނީ މިކަމާއި ގުޅިގެން ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު ތަޅުމަށް އިއްވާފައެވެ. އެސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެންއައިސީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަޖިލީހުން ގޮތެއް ނިންމުމަށް ނަމެއް ފޮނުއްވާ ކަމަށެވެ. އެގޮތުން ފޮނުއްވާފައިވަނީ ޅ. ނައިފަރު / ނިކަގަސްދޮށުގޭ ގާސިމް އަބްދުލްކަރީމްގެ ނަމެވެ.

މިނިމާމެދު ގޮތެއް ނިންމުމަށް ފޮނުއްވި ނަމަވެސް އެކަމަށް ކުރިމަތި އަދި ޝަރުތު ހަމަވެފައިވާ އެހެން ފަރާތްތަކުގެ ނަންތައް ވެސް ފޮނުއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރަކު މި އައްޔަނު ކުރަނީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ސުލެއިމާން މަޤާމުން ވަކި ކުރެއްވުމަށްފަހު އެވެެ. ސުލައިމާން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވުމަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ސޯލިހް ވަނީ ސުލައިމާން ވަކިކުރައްވާފަ އެވެ.

އޭގެއިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް 3 މެމްބަރަކު އައްޔަން ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!