އެޗްއާރުސީއެމް އަށް އައްޔަނު ކުރުމަށް ފޮނުއްވި ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ށް މެމްބަރަކު އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވައިފި އެވެ.

އެޗްއާރުސީއަމަށް މެމްބަރަކު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ނަންތައް މިފޮނުއްވީ އެކޮމިޝަންގެ މެމްބަރަކު މަގާމުން ވަކިކޮށްފައިވާތީ އެމަގާމު ހުސްވެފައިވާތީ އެވެ. ޖުލައި މަހުގެ 22 ވަނަ ދުވަހު އެޗްއާރުސީއެމް ގެ ނާއިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު، އެކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިއާއެކު މިމަގާމަށް އައްޔަނުކުރުމަށް ތިން ނަމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އެތިން ބޭފުޅުންނަކީ:

– މަރިޔަމް މުނާ/ މ. ބާރަނާގެ

– އަލްއުސްތާޛު އަހުމަދު ސަމީން / ފިނިވާގެ އއ ތޮއްޑޫ

– އަލްއުސްތާޛާ ފާތުމަތު މަހީރާ މުހައްމަދު /ހިޔާވަހި ޅ ހިންނަވަރު

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!