ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 298.9 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން މިހާތަނަށް ލޯނުގެ ގޮތުގައި 1807 ފަރާތަކަށް 298.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ލޯނު ދޫކޮށްފައި ވަނީ ވިޔަފާރި ކުރާ 1250 ފަރާތަކަށާއި އަމިއްލަ މަސައްކަތް ކުރާ 557 ފަރާތަކަށެވެ. އެ ގޮތުން ވިޔަފާރިތަަކަށް 282.2 މިލިއަން ރުފިޔާ ދީފައިވާ އިރު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 16.7 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.

މި ސްކީމް ތަންފީޒު ކުރެވޭނީ އެސްޑީއެފްސީގެ “ކޮވިޑް-19 ވިޔަފާރި އެހީ” ލޯން ޕްރޮޑަކްޓްގެ ގޮތުގައެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް “ކޮވިޑް 19 ވިޔަފާރި އެހީ” ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!