ސަރުކާރުން އެއްވެސް މަޝްރޫއުއެއް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ: އަސްލަމް

އެއްވެސް މަޝްރޫއުއެއް ހުއްޓާލުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް މިނިސްޓާ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދާ ސުވާލު ކުރުމުގެ ވަގުތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެއްވެސް އިރެއްގައި ފަށާފައި އޮތް ޕްރޮޖެކްތެއް ހުއްޓާލެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިވަގުތު ވަރަށް ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ބައެއް މަޝްރޫއު ފެށުމާ ވަރަށް ގާތަށް ގޮސްފައިވެސް ނުފެށިފައި ހުރި ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!