ކާމިޔާބީގެ ޝުކުރު އެންމެ ޙައްޤުވާ އެއް ބަޔަކީ ޓީޗަރުން: ރައީސް

މިއަދު ލިބިފައިވާ ކާމިޔާބީއަށްޓަކައި ޓީޗަރުންނަށް ޝުކުރު ހައްގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ދެމެހެއްޓިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން ކަމަށެވެ.

ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ހުރިހާ ޓީޗަރުންނަށާއި، މިއަދުގެ ޅަ ޖީލު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ހުރިހާ ޓީޗަރުންނަށް ޝުކުރު ދަންނަވާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަގު 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ. އެގޮތުން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި މުދައްރިސުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ވެސް ވަނީ އަރިސްކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!