މުދައްރިސުން ބިނާކުރައްވަމުން ގެންދަވަނީ މާދަމާގެ ޖީލް: އެޑިޔުކޭޝަން

މުދައްރިސުން ބިނާކުރައްވަމުން ގެންދަވަނީ މާދަމާގެ ޖީލް ކަމަށާއި އަދި ގައުމުގެ މުސްތަޤްބަލު ކަމަށްވާއިރު އެއީ މިޕެންޑެމިކްގެ ބަތަލުން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި މުދައްރިސުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އަރިސްކޮށްފަ އެވެ.

މުދައްރިސުންގެ ހިތްވަރު، ކުރިމަގުގެ ތަސައްވަރު، ކަމަށްވާއިރު މިފަދަ ޕެންޑޭމިކް އެެއްގެ ތެރެއިން ޓީޗަރުން ދައްކަވަމުން ގެންދަވާ ހިތްވަރު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މި ޕެންޑެމިކް ފެށުނު އިރު ފުރަތަމަ، ދުރުން ދޭ ތައުލީމްގެ ވާހަކަ މުދައްރިސުންނަށް ކިޔައިދެވުނީ ވަރަށް ކުޑަކޮށް ކަމަށާއި ގޭގައި ތިބެގެން ކުދިންނަށް ކިޔަވައިދިނުން އައު ކަމަކަށް ވެގެންދިޔައިރު ޓީޗަރުން މިކަމުގެ ތެރެއިން ވަރަށް ގިނަ އައު ޓެކްނޮލޮޖީތައް ދަސްކޮށްފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

އަދި ވާރޗުއަލްކޮށް ކިޔަވައިދޭން ފެށުމުން މިކަމުގެ ތެރެއިން ދިމާވާ މައްސަލަތައް ހައްލުކޮށް، ކުދިން މިކަމުގެ ތެރެއަށް ވެއްދޭނެ ގޮތް އައު ކަންކަންތައް ކުދިންނަށް ކިޔައިދިނުމަށް މުދައްރިސުން ކުރަމުންދާ މަސައްކަތް ވެސް އެޑިޔުކޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!