މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ތިން މެމްބަރަކު އައިސޮލޭޝަންގައި

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުނު އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ތިން މެމްބަރަކު އައިސޮލޭޝަންގައި ތިއްބެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ އައިސޮލޭޝަންގައި ތިން މެމްބަރަކު ތިއްބެވި އިރު ލޮކްޑައުންގައި އެއް މެމްބަރަކު ހުންނެވި ކަމަަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އައިސޮލޭޝްނަގައި ހުންނެވީ އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެން އެނބުރި ވަޑައިގެންނެވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ، އޯގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު އެނބުރި ވަޑައިގެންނެވީ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އޭގެފަހުން މާލެ ވަޑައިގަތުމާއެކު ކަރަންޓީނުގައި ހުންނެވިކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން އޮތް ދުވަސްވަރެއްގައި، ރާއްޖެއިން ބޭރުން އަންނަ ކޮންމެ ފަރާތެއް ވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކޮށް ޓެސްޓް ކުރަން ޖެހެއެވެ.

އެމަނިކުފާނުގެ 14 ދުވަސް ހަމާވާނީ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހު އަށެވެ.

މީގެއިތުރުން އެމްޑީޕީގެ ޗެއަރ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފުގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޯމް ކަރަންޓީނުގައި ހުންނެވި ކަމަށް ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!