ދައުލަތުގެ ހަރު މުދަލުގެ ރަޖިސްޓްރީއެއް ފޮނުވައިދޭން އެދިއްޖެ

ދައުލަތަށް ހަރު މުދަލުގެ ގޮތުގައި ލިބޭ ތަކެތީގެ ރަޖިސްޓްރީއެއް މިމަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައި ދޭން އެ މިނިސްޓްރީން ސަރުކާރުގެ ވުޒާރާ ތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ދައުލަތުގެ ވުޒާރާތަކަށް ފޮނުވާ ފައިވާ ދައުލަތުގެ ހަރު މުދާލާއި ގުޅޭ ސާކިއުލާއެއްގައި ބުނާ ގޮތުގައި މެއި 1، 2009 އިން ފެށިގެން، ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ދައުލަތުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތް ކުރަން ފެށުމާއި ގުޅިގެން، އެ ތާރީހުން ފެށިގެން ދައުލަތުގެ ހަރުމުދަލުގެ މައުލޫމާތު ބަލަހައްޓާނީ މި ސިސްޓަމް މެދުވެރިކޮށެވެ.

މިގޮތުން، ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރެކޯޑުކޮށްފައިވާ ދައުލަތުގެ ހަރު މުދަލުގެ މައުލޫމާތު ފުރިހަމަކޮށް، އަދަދު ހަމަ ކުރުމަށްޓަކައި ދައުލަތުގެ އޮފީސްތަކުގައި 2019 ނިޔަލަށް ބޭނުން ކުރަމުންދާ ހަރު މުދަލުގެ ރަޖިސްޓްރީއެއް އެ މިނިސްޓްރީއަށް މި މަހުގެ ނިޔަލަށް ފޮނުވައިދޭން އެދޭ ކަމަށެވެ. މި މައުލޫމާތު ފޮނުވުމުގައި އެސެޓް ނަމްބަރު އެނގޭ ނަމަ އެ ނަމްބަރު ވެސް ހިމަނައިގެން މައުލޫމާތު ފޮނުވަން އެ މިނިސްޓްރީން އެދިފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!