ސަލްމާން 6 މަސް ފަހުން ޝޫޓިންގ އަށް ނުކުމެފައި ހިއްސާކުރި ފޮޓޯއިން ފޭނުންނަށް އުފާވެރިކަން!

ސަލްމާން ޚާންގެ ފޭނުންނަށް މިފަހަރު މިއޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. އިންޑިއާ ލޮކްޑައުން ކުރިފަހުން ލޮކްޑައުންއަށް މަޑުމަޑުން ލުއިތައް ދޭންފަށައި، ފިލްމުތަކުގެ ޝޫޓިންގ ކުރިއަށް ގެންދިޔުމުގެ ހުއްދަދީގެން އުޅެނިކޮށް ސަލްމާން ވެސް ވަނީ މިއަދު އެނބުރި ޝޫޓިންގ އަށް ނުކުމެފައެވެ.

54 އަހަރުގެ ސަލްމާން މިއަދު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުން ފެންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު “ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ” ގެ ޝޫޓިން ގެ ތެރެއިން ނަގާފައިވާ ވަރަށް ހިތްގައިމު ފޮޓޯއެކެވެ. އެގޮތުން އެ ފިލްމުގެ ކެރެކްޓާ ގޮތަށް ހެދުން އަޅައިގެން ހުރިއިރު، ފަހަތުން ނަގާފައިވާ އެ ފޮޓޯއިން އެކަނިވެސް އެ ކެރެކްޓާގެ ވަރުގަދަކަން ފެނިގެންދެއެވެ. ބެކްގްރައުންޑުގައި ސައިކަލުތަކަކާއި ކާރުތަކެއް ފެންނަންހުރިއިރު، މުޅި ތަނުގައި އޮތީ ދުމެވެ.

View this post on Instagram

Back to shoot after 6 1/2 months … feels good #Radhe

A post shared by Salman Khan (@beingsalmankhan) on

ސަލްމާން ޝޫޓިންގ އަށް ނުކުމެފައި މިވަނީ 6 މަހާއި ބައި ކޮށްފައެވެ. އެގޮތުން އިންޑިއާ ލޮކްޑައުން ކުރުމުން ދުވަސްތަކެއް ވަންދެން އޭނާގެ ޕާންވެލް ފާމްހައުސްގައި ކަރަންޓީނުގައި ހުރުމަށްފަހު މުމްބާއީ އަށް އައިސްފައިވަނީ “ބިގް ބޮސް 14” އަށް ވަގުތު ދިނުމަށެވެ. ބިގް ބޮސް ޕްރިމިއާ ކޮށްފައިވަނީ ހޮނިހިރު ދުވަހެވެ.

އިންސްޓަގްރާމް ޕޯސްޓުގައި ސަލްމާން ލިޔެފައިވާ ގޮތުގައި، 6 މަހާއި ބައި ފަހުން ޝޫޓިންގ އަށް ނުކުތުމުން ކުރެވެނީ އުފާވެރި އިހުސާސެކެވެ. މި ޕޯސްޓަށް މިހާރު ވަނީ އެއް މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައެވެ. އަދި ކޮމެންޓު ބައިގައި ވެސް ސަލްމާންގެ ފޭނުން ވަނީ އުފާ ފާޅުކޮށްފައެވެ. އެއާއެކު ގިނަ މީހުން ބުނީ “ރާދޭ” އަޅުވާނެ ދުވަހެއްގައި އިންތިޒާރުގައި ތިބި ކަމަށެވެ.

“ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއި” ގައި ސަލްމާންގެ އިތުރުން ދެން ފެނިގެންދާނީ ޖެކީ ޝްރޮފް، ދިޝާ ޕަޓާނީ އަދި ރަންދީޕް ހޫޑާ ފަދަ ތަރިންނެވެ. މިއީ ޕްރަބޫ ދޭވާ ޑައިރެކްޓުކުރާ ފިލްމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!