ސާތު ނިބާނާ ސާތިޔާ 2 ގެ އާ ޕްރޮމޯ ފެނިއްޖެތަ؟

ސްޓާ ޕްލަސް އިން ވަރަށް އަވަހަށް ފަށަން އުޅޭ ސިލްސިލާ “ސާތު ނިބާނާ ސާތިޔާ 2” ގެ އާ ޕްރޮމޯއެއް އަނެއްކާ ވެސް ދައްކާލައިފިއެވެ.

އާ ޕްރޮމޯއިން ފެންނަނީ، ފުރަތަމަ ޕްރޮމޯގައި ގޯޕީ ބަހޫ ދެއްކި ގެހެނާ ކެރެކްޓާއެވެ. އަދި އެއީ ކާކުކަމާއި، ކޮކީލާބެން މޯދީގެ އާއިލާ އާ ކިހިނެއް ގުޅުން އޮތް މީހެއްކަން ވެސް ފެނިގެންދެއެވެ. ޕްރޮމޯ އިން ފެންނަގޮތުގައި އެއީ އެގޭގައި ގެންގުޅޭ ޒުވާން އަންހެން ނޯކަރެކެވެ.

އަދި ގެހެނާ ނޯކަރެއްގެ ހައިސިއްޔަތުން އެހެން ހަރުފަތަކަށް ދަތުރުކުރާނެ ކަމަށްވެސް މި ޕްރޮމޯއިން ލަފާކުރެވެއެވެ. އެހެންކަމުން ގޯޕީ ބަހޫ (ދެވޮލީނާ ބަޓަޗަރަޖީ) ކުރިންވެސް ބުނިހެން އޭނާ ވެގެންދާނީ “ސާތު ނިބާނާ ސާތިޔާ 2” ގައި ވަރަށް މުހިއްމު ކެރެކްޓާއަކަށެވެ.

ނަމަވެސް “ސާތު ނިބާނާ ސާތިޔާ 2” ގެ ބަތަލުގެ ރޯލުން ފެންނާނެ މީހަކު އަދިވެސް ކަށަވަރެއް ނުވެއެވެ. ބައެއް މީޑިއާތަކުން ބުނީ މި ފަހަރު ވެސް ފެނުމުގެ ފުރުސަތު ބޮޑީ ފުރަތަމަ ބައިގައި ވެސް އެހެމްގެ ރޯލް ކުޅުނު މުހައްމަދު ނާޒިމް ކަމަށެވެ.

ޕްރޮމޯތައް ދައްކަން ފެށިޔަސް، މި ސިލްސިލާ ފަށާނެ ތާރީޚެއް އަދި ޔަޤީނެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި ހިނގާ އޮކްޓޯބަރު މަސް ތެރޭގައި ފަށާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!