ޖާޒީ ކުޅެދޭ އަގު ޝާހިދު ބޮޑުތަނުން ކުޑަ ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އިގްތިސާދުތައް ހީނަރުވެފައިވާ މިދަނޑިވަޅުގައި ހުރިހާ ދާއިރާތަކަކުންވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައިވެސް ވަނީ އެތައް ދަތިތަކާއި ކުރިމަތިވެފައެވެ. ފިލްމްގެ ޝޫޓިންގްތަކަށް އެކްޓަރުންނާއި އެހެންމީހުންގެ ރައްކާތެރިކަމަށްޓަކައި އެތައް ހަރަދުބޮޑު ގަވައިދުތަކަކަށް ވަނީ ބޯ ލަނބަންޖެހިފައެވެ.

މިފަދަ ދަނޑިވަޅެއްގައި އެއްބައި ތަރިން އެމީހުން ފިލްމް ކުޅެދޭ އަގުތައް ކުޑަ ނުކުރި ނަމަވެސް ހާލަތު ވިސްނޭ އަދި އެކަމަށް އެއްބާރުލުންދޭ އެއް އެކްޓަރަކަށް ވެފައި މިވަނީ ތަރި ޝާހިދް ކަޕޫރްއެވެ.

ކަބީރު ސިންހްގެ ކާމިޔާބަށް ފަހު ޝާހިދު ވަނީ އޭނާ ފިލްމް ކުޅެދޭ އަގު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން “ޖާޒީ” ކުޅެދިނުމަށް ޝާހިދު އެއްބަސްވެފައިވަނީ އިންޑިއާގެ 33 ކަރޯޑް ރުޕީސްއަށެވެ. އެއަށްފަހު ފިލްމުގއ ޝޫޓިންގްތައް ފެށި ނަމަވެސް ކޮވިޑް އާއި ގުޅިގެން ޝޫޓިންގްތައް ވަނީ މެދުކަނޑާލާފައެވެ.

އެއަށްފަހު ފިލްމްގެ ބަޖްޓް އަށާއި އެހެނިހެން ކަންތައްތަކަށް ދަތިތަކާއި ކުރިމަތިވުމުން ފިލްމުގެ ޑައިރެކްޓަރުން ވަނީ ފިލްމް ކުރިޔަށް ގެންދިއުމަށްޓަކައި ޝާހިދް ނަގާ ފީ ކުޑަކޮށްދިނުމަށް އެދިފައެވެ.

އެގޮތުން ޝާހިދް ވަނީ އޭނާ ހުށަހެޅި 33 ކަރޯޑް ރުޕީސް އިން 25 ކަރޯޑް ރުޕީސްއަށް ފީ ކުޑަކޮށްދީފައެވެ.

ފިލްމުގެ ޝޫޓިންގްތައް ކުރިޔަށްދާ ގޮތުން އެ ފިލްމަކީ ވަރަށް ކާމިޔާބުވާނެ ފިލްމެއް ކަމަށް ބެލެވޭ ކަމަށް ޝާހިދު ބުނެއެވެ. އެހެންކަމުން ފިލްމް ހިޓަކަށް ވެއްޖެނަމަ އެއިން ލިބޭ ފައިދާގެ ބައެއްވެސް ޝާހިދްއަށް ލިބޭނެއެވެ.

ފިލްމް “ޖާޒީ” އަކީ މި އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު “ޖާޒީ” ގެ ހިންދީ ފިލްމު ރިމޭކްއެކެވެ. އެ ފިލްމަކީ ކްރިކެޓްގެ ވާހަކައެއް ކިޔައިދޭ ސްޕޯޓްސް ފިލްމެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!