އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަންއުޅުނު 5 މީހަކު އަތުލައިގެންފި

‏އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަންއުޅުނު 05 މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މި ކަން ހާމަކޮށް ކަސްޓަމްސްއިން މިރޭ ބުނީ އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަންއުޅުނު 05 މީހުންގެތެރެއިން 04 މީހުންނަކީ ޕާކިސްތާނުގެ މީހުންކަމަށެވެ. އަދި އެ މީހުން ރާއްޖެ އައިސްފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

ހައްޔަރު ކުރި ޕާކިސްތާނު މީހުންގެ ތެރޭގައި ހިމެނެނީ 22 ،30 ،34 އަދި 40 އަހަރުގެ ފިރިހެނުންނެވެ. ހައްޔަރު ކުރި ކެންޔާގެ އަންހެން މީހާ އަކީ އުމުރުން 27 އަހަރުގެ މީހެކެވެ.

ކަސްޓަމްސްއިން ބުނީ ޕާކިސްތާނު މީހުން އައި ދުވަހު އެމީހުންގެ އަމަލުތައް ހުރި ގޮތުން ބަލައި ފާސްކުރުމަށް ފަހު ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ އެންމެން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބެލުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައި ހުރި 81 ބުލެޓު ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 790 ގްރާމް ހުރި އިރު މަގުމަތީ އަގު 6،32،800 ރުފިޔާއަށް އަރާނެ ކަމަށް ބުނެ އެވެ.

ކެންޔާ އަންހެން މީހާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި 53 ބުލެޓު ފެނިފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ އެ އޮޕަރޭޝަންތަކުގައި އަތުލައިތް މަސްތުވާތަކެއްޗާއި އެ ފަސް މީހުން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!