ޝޫޓިންގ ރޭންޖުގައި ކުރިއަށްގެންދާ ތަމްރީންތައް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި

ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ބަޑިޖެހުމުގެ ތަމްރީން ހަރަކާތް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ކަޅުތުއްކަލާކޮށީގައި ކުރިއަށް ގެންދިޔަ “ނައިބުގޭ ޅަތުއްތު އިންޑޯ ޝޫޓިންގ ރޭންޖު” ގެ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. މިހަރަކާތް މިއަދު ބާއްވާފައިވަނީ މެންދުރުފަހު 14:30އިން 15:30އަށް ކަޅުތުއްކަލާ ކޮށީގައެވެ.

މި ޒިޔާރަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ.

މިއީ ސިފައިންގެ ހުނަރުވެރިކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީން ތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!