ވެމްކޯއިން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި

ކޯވިޑް-19އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދަށް ލުއިދިނުމާ ގުޅިގެން ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓްތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން ބުނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ، އަދި ތިލަފުށިން ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ޚިދުމަތް ދޭން ފަށާނީ ހެނދުނު 8:00 ގައި ކަމަށެވެ. އަދި 21:30 އާއި ހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އަދި ހުކުރު ދުވަހު ހެނދުނު 8:00ން 11:00ށް އަދި 14:00 އަދި 21:30ށް ޚިދުމަތް ދިނުމަށް ވަނީ ނިންމާފަ އެވެ.

ވެމްކޯއިން ބުނީ ޚިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666ށް ގުޅުމުން ލިބޭނެ ކަމަށެވެ.

ކުނި އުކާލާ ސައިޓުތައް ކުރިއެކޭ އެއްގޮތަށް ހުޅުވާލި ނަމަވެސް، ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް އަދިވެސް ދެމުން ގެންދާނީ ލޮކްޑައުންގައި ޚިދުމަތް ދިން ގޮތަށެވެ. އަދިވެސް ކުނި ނަގަމުންދާނީ މާލެ ސަރަހައްދުގައިވާ ހުރިހާ އިމާރާތެއްގެ ތިރިން ކަމަށް ވެމްކޯއިން ބުނެއެވެ.

އެގޮތުން މެންދުރު 12:00ން 14:00އާ ދެމެދު، ބޭރަށް ކުނި ނެރެފައި ބެހެއްޓުމަށް އެދިފައެވެ. މަގުމަތީގައި ކުނި ބަހައްޓާއިރު މަގުގައި ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިނުވާ ގޮތަށް މަގުމަތީގައި އެއްފަރާތެއްގައި ކުނި ބެހެއްޓުމަ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!