ފިލްމީތަރި ޔުނާން އާއި އަންހެނުން ރިހުލާ ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައީ ރައްކާތެރިކަމަށް އެދުމުން: ފުލުހުން

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްކާތެރިކަމަށް އެދުމުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އުމުރުން 15އަހަރުގެ ފިރިހެން ކުއްޖަކާއެކު 2މީހަކު ގަދަކަމުން ބަދުއަޙުލާގީ ޢަމަލު ހިންގިކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި އެމައްސަލަ މިހާރު ތަޙުޤީގުކުރަމުންދާކަމަށާ، އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލޭގައި މިއަދުވަނީ މީހުން އެއްވެ އިހުތިޖާޖުކޮށްފައެވެ. އަދި އެ ސަރަޙައްދުން ދެ މީހަކު ފުލުހުންގެ ވެހިކަލްގައިވަނީ ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ އެ ސަރަޙައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަންއަށް ގެންގޮސްފައިވަނީ، އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެ މީހުންކަމަށެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!