15 އަހަރުގެ ކުއްޖަކާ ގަދަކަމުން ދެ މީހަކު ބެހުނު މައްސަލައެއް ބަލަނީ

ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ދެ މީހަކު ބެހުނު މައްސަލައެއް ތަހުގީގު ކުރަން ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހަވީރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން މިފަދަ މައްސަލައެއް ތަހުޤީޤު ކުރަން ފަށާފައިވާއިރު އާދިއްތަ ދުވަހުގެ ހަވީރު ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. މިހާތަނަށް މި މައްސަލައިގައި ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ އެ ދެ މީހުން އަމިއްލައަށް ރައްކާތެރިކަމަށް އެދުމުން ފުލުހުންގެ ވެހިކަލުގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!