އެކުވެނި ޓްރެކްގެ މަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ބައްލަވާ ލައްވައިފި

މާލެ ކުޅިވަރު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ނައިބު ރާއިސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ޓްރެކުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެވުމަށް ކުޅިވަރު އެކުވެނި ދުވާ ޓްރެކަށް ނައިބު ރައީސް މިއަދު ކުރެއްވި ޒިޔާރަތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފް އާއި ޓްރެކްގެ މަސައްކަތްކުރާ އާރްކޭއެލް ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ގޮތުން ޓްރެކްގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރެކުގައި އަޑިވަޅުގަނޑު ހެދުމުގެ ސަބަބުން ދުވާ މީހުންނާއި ކަސްރަތުކުރާ މީހުންގެ ކަންބޮޑުވުންތަށް ގިނަވެފައިވަނިކޮށް އެތަން މަރާމާތުކުރަން ޔޫތް މިިނިސްޓްރީން މަސައްކަތް ފެށީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު އެ ތަނުގެ ބިންގަނޑު އެއްވަރުކޮށް، ޒަމާނީ ފެންވަރަށް ޓްރެކް ސަރަހައްދު ތަރައްގީ ކުރަނީ ސީއެސްއާރު މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާއެވެ. މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!