އަދީބުގެ ޝަރީއަތްތައް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.

މި ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

ދަޢުލަތުން އަދީބުގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ދެ ދަޢުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއައަކާއި މަނީ ލޯންޑްރިންގ ގެ ދެ ދަޢުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދަޢުވާއެކެވެ.

މި 07 ދަޢުވާއަށް އަދީބު އިޢުތިރާފުވެވަޑައިގެންނެވުމުން އެންމެފަހުން އޮތް އަޑުއެހުމުގައި ފަނޑިޔާރު ވަނީ ޙުކުމްކުރައްވަން ނިންމަވާފައެވެ. ނަމަވެސް އަދީބުގެ ވަކީލުންގެ އެދިލެއްވުމާއެކު އެ ދުވަހު ނިންމެވީ މާދަމާ އަދީބަށް ޙުކުމްކުރައްވާ ގޮތަށެވެ.

ސިއްހީ ހާލަތު ހުރިގޮތުން އަދީބު މިހާރު ހުންނެވީ ގެއަށް ބަދަލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!