ތައިރޮއިޑަށް މައްސަލައެއް ކުރިމަތިވުމުން ދެނެގަންނާނެގޮތް!

ތައިރޮއިޑަކީ އިންސާނާގެ ކަރުގައި އުފެދިފައި އިންނަ ކުޑަކުޑަ އެއްޗަކަށް ކިޔާ ނަމެކެވެ. ސައިޒުން ކިތަންމެ ކުޑަ ނަމަވެސް ދުޅަހެޔޮ ސިއްހަތަކަށްޓަކައި ތައިރޮއިޑުގެ މަސައްކަތް ހަށިގަނޑަށް ވަރަށް މުހިއްމެވެ.

ތައިރޮއިޑަކީ ހަށިގަނޑުގައި ހުންނަ މެޓަބޮލިޒަމް ރެގިއުލޭޓު ކުރުމަށްޓަކައި ބޭނުންވާ ހޯމޯން އުފައްދައިދޭ ގުނަވަނެވެ. ތައިރޮއިޑަށް ދިމާވާ ކުޑަކުޑަ މައްސަލައަކުންވެސް ސިއްޙީގޮތުން ތިމާއަށް ބޮޑެތި އަސަރުތަކެއް ކޮއްފާނެ ކަންކަމަށް މަގުފަހިވެއެވެ.

އެހެންކަމުން ތައިރޮއިޑު އޭގެ މަސައްކަތް އެންމެ ރަގަނޅަށް ކުރޭތޯ އަބަދުވެސް ޔަޤީންކުރުން ބުއްދިވެރިއެވެ. މިކަން ޔަޤީން ކުރުމަށްޓަކައި ތައިރޮއިޑަށް މައްސަލައެއް ކުރިމަތިވުމުން ދެނެގަންނާނެގޮތް އެގެން ޖެހެއެވެ. ތިރިގައި އެވަނީ އެފަދަ ބައެއް އަލާމާތްތަކެވެ.

ކިރިއާ ކަމެއް ކޮއްލާއިރަށް ވަރުބަލިވެ ބުރަހެލިކަން އިހުސާސްވާނެއެވެ. ބުރަ މަސައްކަތަށްފަހު ވަރުބަލިކަން އިހުސާސްކުރެވުމަކީ އާދައިގެ ކަމެކެވެ. އެހެން ނަމަވެސް އާދަޔާ ހިލާފަށް ކުދިކުދި ކަންކަން ކޮއްލުމުން ނޫނީ ކައި ނިންމާލުމުން އެގޮތަށް އިހުސާސްކުރެވޭނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.

ހަޖަމުކުރާ ނިޒާމުގެ މައްސަލަތަށް ގިނަވާނެއެވެ. ހަޖަމުކުރާ ނިޒާމުގެ މަސައްކަތާއި އެންމެ ބޮޑަށް ގުޅިފައި އޮންނަނީ ހޯމޯންއާއެވެ.ތައިރޮއިޑުގެ މައްސައްކަތް އެކަށީގެންވާގޮތަށް ނުހިގާނަމަ ހޯމޯން ރެގިއުލޭޓުނުވެ ހަށިގަނޑުގެ ނިޒާމަށް ބުރޫއަރައެވެ.

އެއްވެސް ސަބަބަކާނުލާ ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަނަށް ބޮޑެތި ބަދަލު އައުމަކީ ތައިރޮއިޑުގައި އާއްމުކޮށް ދިމާވާ ދެ މައްސަލައިގައިވެސް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެއް ވައްތަރުގައި މާބޮޑަށް މީހާ ފަލަވާއިރު އަނެއް ވައްތަރުގައި މީހާ އަނަރޫފަކޮއްލައެވެ. މިއިން އެވެސް ކަމެއް ފާހަގަކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދަން ވާނެއެވެ.

ތައިރޮއިޑުގެ މަސައްކަތަށް ބުރޫ އަރާކަން އެގޭނެ އަނެއް ކަމަކީ ނޭވާލާން އުދަނގޫވުމެވެ. އާއްމުކޮށް މިހެން ދިމާވަނީ ތައިރޮއިޑުގައި މައްސަލައެއް ހުންނަ އިރެއްގައި ޕީނަޓު އަދި ކެބެޖުފަދަ ތައިރޮއިޑުގެ މަސައްކަތަށް އިތުރަށް އުދަނގޫވާ ކާނާ ބޭނުންކުރެވެމުންނެވެ.

މައްސަރު ކަންތަށް ގަވައިދުން ނުވުމަކީވެސް ތައިރޮއިޑުގެ މައްސަލައަކަށްވެދާނެއެވެ. އެއީ ކުރިންވެސް ބުނެވުނުހެން ތައިރޮއިޑަކީ ހޯމޯން އުފެއްދުމާއި ގުޅުންހުރި ގުނަވަނަކަށްވެފައި މައްސަރަ ކަންތަކަކީ ސިދާ ހޯމޯނަށް އަންނަ ބަދަލަކުން ދިމާވާ ކަމަކަށްވާތީއެވެ. މައްސަރު ކަންތަށް ގަވައިދުން ނުވާނަމަ ތައިރޮއިޑު ޓެސްޓުވެސް ހަދާލުން ބުއްދިވެރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!