ބަނޑަށް ފަސްމަސް ވި ކަން ފޭނުންނަށް އަންގަން ކަރިނާ ޝެއާ ކުރީ މި ޕޮޓޯ

ބޮލީވުޑް ސްޓާ ކަރީނާ ކަޕޫރު ހާން ދެނަވަނ ދަރިފުޅަށް ބަނޑުބޮޑުވިކަން ހާމަކޮށްފައިވަނީ ފިރިމީހާ ސައިފް އަލީ ހާން ގެ އުފަންދުވަހުއެވެ. އަދި ހަމަ އެއާއި އެކު ވިހާނެ ކަމަށް ބުނެފައި ވަނީ 2021 ގައި އެވެ. މީޑިއާ ރިޕޯޓް ތަށް ބުނާގޮތުގައި ކަރީނާ މާކުރިންވެސް 2020 ގައި ދަރިއަކު ހޯދުމަށް އޮތީ ޕްލޭން ކޮށްފައިއެވެ.

ކަރީނާ ވަނީ ސޯޝަލް މީޑިއާގައި ބަނޑަށް ފަސްމަސް ފުރުނުކަން އިއުލާން ކޮށްފައިއެވެ.

https://www.instagram.com/p/CF3vBjypssW/?utm_source=ig_web_copy_link

ރިޕޯޓްތަށް ބުނާގޮތުގައި ކަރީނާ މިވަގުތު ހުރީ ލާލް ސިންގ ޗައްޑާ ގެ ޝޫޓިނގް އަށް ދިއްލީ އަށް ގޮސްފައިއެވެ. ނަމަވެސް މި ފޮޓޯ ނަގާފައިވަނީ ހަރިޔާނާގެ ޕަތައުޑީ ހައުސްގައިއެވެ. އާމިރު ހާން އާއި އެކު ކަީނާ ފެނިގެންދާ މި ފިލްމް ވަނީ 2021 ގެ ކްރިސްމަސް އަށް ފަސްކުރެވިފައިއެވެ.