ލުފްތަންސާއިން ރާއްޖެއަށް ދަތުރުތައް ފަށާނީ އަންނަ އަހަރު

ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާނީ އަންނަ އަހަރުކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ލުފްތަންސާ އެއާލައިނުން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލީ ކޯވިޑް19 ގެ ސަބަބުންނެވެ. ރާއްޖެ ހިމެނޭގޮތުން އަންނަ އަހަރު އެ އެއަރލައިނުން 6 މަންޒިލަކަށް ދަތުރު ފެށުމަށް ވަނީ ނިންމާފައެވެ. އަދި ބުކިން ހެއްދުމުގެ ފުރުސަތުވެސް އެ އެއަރލައިނުން މިހާރު ވަނީ ހުޅުވާލާފައެވެ.

ލުފްތަންސާއިން ރާއްޖެއަށް ކުރާ ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓް އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 2 ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ލުފްތަންސާއިން ބުނީ އެ އެއަރލައިންގެ ބޭނުމަކީ ފަތުރުވެރިކަމަށް އަލުން މަގު ހުޅުވައިދިނުންކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!