ރައީސް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު

ކޮވިޑް-19ށް ޕޮޒިޓިވްވެ ފަރުވާ ދެމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މެރީލޭންޑްގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާދެއްވަން ފެށިފަހުން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، އަނބިކަނބަލުން މެލޭނިއާ ޓްރަމްޕުގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށެވެ.

ޓްރަމްޕުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ ވީޑިއޯ މެސެޖެއް އާންމު ކުރައްވާފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ގޯސް ކަމަށް ބުނެ ވައިޓްހައުސްގެ ސޯސްއަކާއި ހަވާލާ ދެއްވާ މީޑިއާތަކުގައި ހަބަރު ފެތުރިތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. “އެސޯސިއޭޓެޑް ޕްރެސް” ބުނާ ގޮތުން ޓްރަމްޕަށް ނޭވާލުން ދަތިވާ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. އަދި ޓްރަމްޕްގެ ހުންވެސް ވަރަށް ގަދަ ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވަނީ އޭޕީއަށް މައުލޫމާތުދެއްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮވިޑް-19ށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލަށް ވަޑައިގެންނެވުމުގެ ކުރިން އޮކްސިޖަންގެ ފަރުވާ ނެންގެވި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ޓްރަމްޕް އުޅުއްވީ ނޭވާލުމަށް އުނދަގޫވާތީއެވެ.

ނަމަވެސް، ޓްރަމްޕްގެ ހާލުކޮޅާއި ގުޅިގެން އެމަނިކުފާނަށް ފަރުވާދެއްވާ ޑޮކްޓަރު ފުރަތަމަ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ. 

  1. ޔަހޫދީންގެ ނަން ތަކާއި އެބައިމީހުންނާއި ގުޅޭ ހަބަރު ތައް މާބޮޑައް މާތް ކުރާތީ ހިތާމަކުރަން!

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!