ޝަރަދު މަލްހޯތްރާ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ނާގިން 5 ގެ އެކްޓަރ ޝަރަދު މަލްހޯތްރާ ކޮވިޑު 19 އަށް ޕޮޒިޓިވްވެ، މިވަގުތުހުރީ  ހޯމް ކަރަންޓީނުގައެވެ. ޝަރަދު ޕޮޒިޓިވް ވެފައިވީނަމަވެސް އޭނާގެ އަނބިމީހާގެ ޓެސްޓު ނެގެޓިވް އެވެ. ރިޕޯޓުތައް ބުނާގޮތުގައި ޝަރަދު މި ޓެސްޓު ހަދާފައިވަނީ އޭނާގެ ފަރާތުން ކޮވިޑުގެ ކުދިކުދި އަލާމާތް ފެންނާތީ ބުރާސްފަތި ދުވަހުއެވެ. ކޮވިޑު 19 އަށް ޕޮޒިޓިވް ވުމާގުޅިގެން ޑަކުޓަރުގެ ލަފައާއެކު އޭނާވަނީ އަމިއްލައަށް ކަރަންޓީނުވެފައެވެ. އަލާމާތްތައް ހުރުމާއެކު ގޭގައި އަރާމު ކުރަމުން ދިޔަނަމަވެސް އޭނާ ހުރީ ޑަކުޓަރުގެ ހާއްސަ ބެލުމުގެ ދަށުގައެވެ.

 ނާގިން5 ގައި ވީރު ސިންގްހާނިޔާގެ ރޯލުން ފެނިގެންދާ މި އެކްޓަރ ވަނީ އޭނާގެ ފޭނުންގެ ފަރާތުން އަވަސްފަރުވާއަކަށް އެދި ދުޢާކޮށް ދިނުމަށް އެދިފައެވެ. މިދުވަސްކޮޅު ޓީވީގެ ގިނަތަރިން ޕޮޒިޓިވް ވަމުންދާއިރު މިދިޔަ ހަފުތާގައި ގުރުމީތު ޗޯދުރީ، ދެބީނާ ބޮނާޖީގެ އިތުރުން އަންޝް ބަގްރީވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވަނީ ހާމަކޮއްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!