އައްޑޫން ހުވަދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ސޮއިކޮށްފި

އައްޑު އަތޮޅާއި ގއ. ގދ. އަތޮޅާ ދެމެދު ސީޕްލޭންގެ ހިދުމަތް ފަށަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު ސޮއިކުރެވިފައެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު މި ތާރީޚީ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޝް އިސްމާޢީލާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. ޢަބްދުﷲ މައުސޫމާއި އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު މި ހިދުމަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މޯލްޑިވިއަން އަން އިން ދާދިފަހުން ވަނީ އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ކަނެކްޝަން ފްލައިޓުތަކެއް ވެސް ފަށާފައެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއްބަސްވުމަށް ފަހު މި ދަތުރުތައް ރަސްމީކޮށް ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ދެ އަތޮޅުގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވެ އިގްތިސޯދު ވެސް ފުޅާ ވެގެން ދާނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!