ބޮލީވުޑް މަސްތުވާތަކެތި ރެކެޓުގެ މާސްޓާމައިންޑަކީ ކާކުކަން ދެނެގަނެވިއްޖެ: އެންސީބީ

ބޮލީވުޑާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ދާދިފަހުން ފެންމަތިވެފައި ވާއިރު، އެ ރެކެޓުގެ “ބޮޑަކީ” ކާކުކަން ދެނެގަނެވިއްޖެ ކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނެފިއެވެ.

ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މި މަސްތުވާތަކެތީގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބަތީ ހައްޔަރުކުރި ފަހުން، މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ބެލެވޭ ތަރިންތަކަކާ އެންސީބީ އިން ވަނީ ސުވާލުކޮށްފައެވެ. އަދި އެކަމުގެ މާސްޓާމައިންޑަކަށް ހުރި މީހަކީ ކާކުކަން ދެނެގަނެވިއްޖެކަން އެންސީބީއިން ހާމަކޮށްފައިވަނީ ދާދިފަހުން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެންސީބީއާ ހަވާލާދީ ނޫސްތަކުން ބުނަނީ، މާސްޓާމައިންޑުގެ ނަން ހާމަނުކުރިޔަސް އޭނާއާ ބެހޭ ބައެއް މައުލޫމާތު އެތަނުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެއީ ކުރިން ސުޕަ މޮޑެލެއްގެ ގޮތުގައި އުޅެފައި ފަހުން އެކްޓަރަކަށް ބަދަލުވި ތަރިއެއް ކަމަށް އެންސީބީ އިން ބުނެއެވެ. އަދި އޭނާގެ އިތުރުން ދެމީހަކު އެންސީބީގެ ރާޑަރަށް އަރާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ތިން މީހުންނާވެސް ސުވާލު ކުރެވޭނެ ކަމަށް ބުންޏެވެ.

ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި، ފިލްމު އިންޑަސްޓްރީ ތެރެއަށް މަސްތުވާތަކެތި އެތެރެކޮށްދީ، އެ ބޭނުންކުރާ މީހުންނަށް އެތަކެތި ފޯރުކޮށްދިނުމުގެ އަޑީގައި ތިބި އެ ތިން މީހުންގެ ނަންތައް ވަރަށް އަވަހަށް އެންސީބީ އިން މީޑިއާތަކަށް ހާމަކުރާނެއެވެ.

މި މައްސަލައިގައި ތަހުގީގަށް ހާޒިރުކޮށްގެން މިހާތަނަށް ސުވާލު ކުރެވުނު ތަރިންތަކުގެ ތެރޭގައި ހިމެނެނީ ދިޕިކާ ޕަޑުކޯން، ސާރާ އަލީ ޚާން، ޝްރައްދާ ކަޕޫރު އަދި ރަކޫލް ޕްރީތު ސިންގެވެ.

  1. އެހެން ތަ؟ މި ގައުމުގެ ތިކަން ކަމުގެ އަޑީގަ ތިބި ބބައެއް ބަލާ ކަށް ކަލޭމެން ބޭނުމެއް ނޫން ދޯ. ކަލޭމެން އޭއަށް ވުރެ ފިކުރު ބޮޑު ވޭ ބޮލީ ވޫޑް ގެ ހާލަތާ ދޭތެރޭ. މިހާރު ހަބަރެއް ކިޔއެން ނޯވޭ މި އާފާތަކާ ހެދި.

    8
    2

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!