ފިރިމީހާ މަރާލީ އަނބިމީހާ އާއި އޭނާގެ ލޯބިވެރިޔާ!

ޕޮލިހުންގެ ސުވާލުތަކަށް ސާފު ނުވާހެން ޖަވާބުދޭތީ އިތުރަށް ތަޙުޤީޤުކުރުމަށް ހާޒިރު ކުރެވުނު އަންހެން މީހާ އޭނާގެ ފިރިމީހާ މަރާލުމުގައި ބައިވެރިވެފައިވާކަން ޕޮލިހުން ޔަޤީންކޮއްދީފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކޮއްފައިވާ ސުނީތާ އަދި އޭނާގެ ލޯބިވެރިޔާ ރަޖަން މެހެތޯ ،މަރުވެފައި އޮއްވާ ފެނުނު އަމަރުޖިތު ސަހަނީ މަރާލުމުގައި ބައިވެރިވީކަން ޕޮލިހުންގެ އެސްއެޗްއޯ ރިތޭޝް ކުމާރު ސާހު ބުނެފައިވަނީ ހޯމަދުވަހުއެވެ.

އެކަން ހިނގާފައިވާގޮތް ކިޔައިދެމުން ޕޮލިހުންގެ އޮފިޝަލް ބުނެފައިވަނީ ސުނީތާ އާއި ރަޖަންގެ ގުޅުން ސުނީތާގެ ފިރިމީހާ އަމަރުޖިތުއަށް އެނގުނު ހިސާބުންފެށިގެން އަމަރުޖިތު ސުނީތާ އަށް އަނިޔާކޮށް އެކަން ހުއްޓާލުމަށް އަމުރުކުރަމުންދިޔަކަމަށެވެ. އަދި އެކަމުން ސަލާމަތްވުމަށްޓަކައި ސުނީތާ އޭނާގެ ލޯބިވެރިޔާ އާއި ގުޅިގެން އަމަރުޖިތު މަރާލީކަމަށްވެސް ޕޮލިހުންގެ އޮފިސަރު މައުލޫމާތު ދިނެވެ.

ސެޕްޓެމްބަރު 18 ވަނަ ދުވަހު އަމަރުޖީތު ގެއްލިގެން އޭނާގެ ދައްތަ ޕޮލިސްޓޭޝަންގައި މައްސަލަ ފައިލްކުރިއެވެ. މިކަމާ ގުޅިގެން އޭނާ ހޯދަމުންދަނިކޮށް އަމަރުޖީތުގެ ހަށިގަނޑު ފެނިފައިވަނީ ފައްޅިއެއްގެ ބިއްދޮށުގައި އޮތް ހުސްބިމަކުންނެވެ.

މައްސަލައާއި ގުޅިގެން ސުނީތާ އާއި ސުވާލުކުރެވުމުން އޮޅުންއަރާފަދަ ގޮތަކަށް ޖަވާބުތަށް ދޭތީ އޭނާއާއި މެދު ޝައްކުކުރެވުނީކަމަށްވެސް ޕޮލިހުންބުނެފައިވެއެއވެ.

އަމަރުޖީތު މަރާލިކަމަށް ސުނީތާގެ ލޯބިވެރިޔާ ރަޖަން އެއްބަސްވެފައިވާއިރު ޕޮލިހުންގެ އޮފިސަރު ބުނެފައިވަނީ ރަޖަން އެކަން ކޮއްފައިވަނީ މަރުތެލަކުން އަމަރުޖީތުގެ ބޮލުގައި ތަޅާތަޅާކަމަށެވެ.

މި މައްސަލައިގައި އަމަރުޖީތަށް ރާ ބޯންދިނުމާއި މަރާލި ތަނަށް އޭނާ ގެންދިއުމުގައި އެހީތެރިވީ ރަޖަންގެ ދެ އެކުވެރިންވެސް ވަނީ ހައްޔަރުކުރެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!