އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަނބިކަނބަން މެލާނިއާ ޓްރާމްޕް ކޮވިޑް19 ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

ޓްރަމްޕް ކުރި ޓްވީޓެއްގައި ވަނީ އޭނާ އާއި މެލާނިއާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ޓްރަމްޕް ވިދާޅުވީ ދެ ބޭފުޅުން މިހާރު ތިއްބެވީ ކަރަންޓީނުގައި ކަމަށެވެ.

ޓްރަމްޕާއި މެލަނިއާ ޕޮޒިޓިވް މިވީ ޓްރަމްޕުގެ ވަރަށް އަރިސް ބޭފުޅަކަށް ކޮވިޑް-19 ޖެހިފައި ވަނިކޮށެވެ. ޓްރަމްޕާއި އެންމެ ގާތުން މި ދުވަސްވަރު މަސައްކަތް ކުރައްވާ 31 އަހަރުގެ އެޑްވައިޒަރު ހޯޕް ހިކްސް ޕޮޒިޓިވްވިއިރު އޭނާ ވަނީ އަންގާރަ ދުވަހު އޮތް ރިޔާސީ ބަހުސަށް ޓްރަމްޕް އަރިހު އެއާ ފޯސް ވަންގައި އޮހާޔޯ އަށް ދަތުރު ވެސް ކުރައްވައިފަ އެވެ.

ހިކްސް ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ އޭނާ އާއި އަނބިކަނބަލުން ކަރަންޓީނަށް ވަޑައިގަންނަވާނެ ކަމަށެވެ.

“ކުޑަ ބްރޭކެއް ވެސް ނުނަންގަވާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ހޯޕް ހިކްސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ. ބިރުވެރި! އަޅުގަނޑާއި ފަސްޓް ލޭޑީ މި އިންތިޒާރު ކުރަނީ ނަތީޖާ އަށް. ނަތީޖާ ލިބެންދެން ވެސް އަޅުގަނޑުމެން ތިބޭނީ ކަރަންޓީނުގައި،” ޓްރަމްޕް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!