ސުޝާންތުގެ މަރުގެ މުޅި ކޭސް އެބުރިގެން ހިގައިދާނެފަދަ މައުލޫމާތެއް!

14 ޖޫން 2020 ވަނަ ދުވަހުގެ ހެނދުނު އަމިއްލަގޭގައި ދަންޖެހިފައި ހުރިކަމަށްބެލެވޭ ބޮލީވުޑުގެ ޒުވާން އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަމުން އަންނަތާ ދުވަސްތަކެއް މިވަނީ ފާއިތުވެފައެވެ. ކޮންމެ ދުވަހަކުވެސް އެ މައްސަލައާއި ގުޅިގެން އައު ވާހަކަތަކެއް އައު ސުރުހީތަކެއް އެޅިގެން ދެއެވެ. މިއަދުވެސް ސުޝާންތުގެ ފޭނުން ސިހޭނެފަދަ އިތުރު ވާހަކައެއް މިމައްސަލައިގެ ތެރެއަށް މިވަނީ އިތުރުވެފައެވެ.

ބީޖީޕީ ޕާރޓީގެ މުމްބާއީގެ ސެކުރެޓެރީ އެޑުވަކަކޭޓު ވިވެކް އަނަންދު މިވަނީ މުޅި ކޭސް އެބުރިގެން ހިގައިދާނެފަދަ މައުލޫމާތެއް ހާމަކޮއްފައެވެ. މީގެ ކުރިން ސުޝާންތުގެ މަރުގެ މައްސަލައިގައި ދައްކާފައިވެސް ނުވާ މިވާހަކައަކީ އޭނާގެ މަރުގެ ޒިންމާ ނަގަންޖެހޭކަމަށް ގިނަބަޔަކު ޤަބޫލުކުރަމުންދާ ސުޝާންތުގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބަތީއާއި ގުޅުންހުރި ވާހަކައެވެ.

13 ޖޫން ވީ ދުވަހުގެ ރޭގަނޑު ސުޝާންތުއާއި ރިއާ އެކުގައި ފެނިފައިވާކަމަށް މަންޒަރުދުން މީހަކު އޭނާއަށް ކިޔައިދީފައިވާކަމަށް ވިވެކް އަނަންދު ވަނީ ބުނެފައެވެ. މިމައުލޫމާތު އޭނާ ހިއްސާ ކޮއްފައިވަނީ ރިޕަބްލިކް ޓީވީއާއެވެ. އަދި ސީބީއައި އިން އެދޭނަމަ އެމައުލޫމާތު މަންޒަރު ދުން މީހާގެ ފަރާތުން ސީބީއައި އަށް ދިނުމަށް ތައްޔާރަށްހުރި ކަމަށްވެސް ވިވެކް އަނަންދު ބުނެފައިވާކަމަށް ރިޕަބްލިކް ޓީވީގެ ރިޕޯރޓުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް މުމްބާއީ ޕޮލިސްއަށް އެމީހާއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ދިނުމަށް ވިވެކް ވަނީ ދެކޮޅު ހައްދަވާފައެވެ.

ވިވެކް އަނަންދު އެ މަންޒަރު ދުން މީހާއާއި ހަވާލާދީ ރިޕަބްލިކް ޓީވީއަށް އިތުރަށް ދީފައިވާ މައުލޫމާތުގެ ތެރޭގައި 13 ޖޫން ގެ ދަންވަރު 2 އަކާއި 3 އަކާއި ދޭތެރޭގެ ވަގުތެއްގައި ސުޝާންތުވަނީ ރިއާ އޭނާގެ ގެއަށްވެސް ގެންގޮސްދީފައެވެ. އެރޭ އެދެމީހުން ބައްދަލު ވީކަމަށް ބެލެވެނީ މިނިސްޓަރުގެ އުފަންދުވަހުގެ ޕާރޓީއިން ކަމަށްވެސް ވިވެކް އަނަންދު ބުނެފައިވެއެވެ. އެ ޕާރޓީއާއި ގުޅިގެން ލޮކްޑައުންގައި ޕާރޓީ ބާއްވާތީ ބައެއް އެހެން ސިޔާސީ ބޭފުޅުން ސޯޝަލް މީޑިއާގައި އެދުވަސްކޮޅު ފާޑުވިދާލުވެފައިވެސްވާކަމަށް ވިވެކް އަނަންދު ބުންޏެވެ.

މިޙަބަރާއިއެކު ސުޝާންތުގެ ދައްތަ ޝުވެތާ ސިންގު ވެސް އޭނާގެ އިންސްޓަގުރާމްގައި ބުނެފައިވަނީ ހަޤިޤީ ބުރޭކިންގް ނިއުސްއަކީ މިއީކަމަށެވެ. އަދި މިއީ މައްސަލަ މުޅިން އަބުރާލާނެ ހަބަރެއްކަމަށްވެސް ޝުވެތާ ވަނީ ބުނެފައެވެ. އަދި އިތުރަށް އޭނާ ބުނެފައިވަނީ 13 ވަނަދުވަހުގެރޭ ސުޝާންތު ރިއާއާއި ބައްދަލުވެފައިވުމާއި ހެނދުނު ކޮއްކޮ މަރުވެފައި ހުއްޓާ ފެނުނު މައްސަލައާއި ގުޅުންހުންނާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!