މި ދެމަފިރިން ބިގްބޮސްގެއަށް ވައްދަން ކިހާވަރެއް ދިން ކަން އިނގޭތަ؟

ސަލްމާން ޙާން ހޯސްޓުކުރާ މަޝްޙޫރު ރިއަލިޓީ ޝޯވ ބިގުބޮސް 2020 ގައި ވެސް ތަފާތުތަކެއް ފެނިގެންދާއިރު މިފަހަރުގެ ބިގުބޮސް ގެއިން ފެނިގެންދާނެ އެންމެ ހާއްސަ އެއްކަމަކީ ރުބީނާ ދިލައިކު އަދި އަބިނާވު ޝުކުލާގެ ޖޯޑެވެ.

މިޒާޖުގެ ގޮތުން ތަފާތު މިދެމީހުންނަކީ ހަޤީޤީ ދިރިއުޅުމުގައިވެސް ދެމަފިރިންނެވެ. ދެއަހަރު ކުރިން ކައިވެނީގެ ގޮތުން ގުޅިފައިވާ މި ދެމަފިރިން ބިގުބޮސްއަށް އައުމަށް ސޮއިކޮށްފައިވަނީ ފަސް ލައްކަ ރުޕީސްގެ ފީ އަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދެމަފިރިންގެ ލޯބީގެ ކުޅިގަނޑު ބަލާލުމުގެ އިންތިޒާރުގައި ތިބި ފޭނުންނަށް މިޝޯވ  އޮކުޓޫބަރ މަހުގެ ތިންވަނަ ދުވަހު ފެނިގެންދާނެއެވެ.

މި ދެމަފިރިންގެ އިތުރުން އީޖާޒު ޙާން ، ޖޭސްމިން ބާސިން، ނިޝާންތު މަލްކާނީ، ރިއްބު މެހެރާ، ސާރާ ގުރުޕާލު، ނިއްކި ތަންބޯލި، ނޭނާ ސިންގު އަދި ޕަވިތުރަ ޕޫނިޔާ ބިގުބޮސްގެ ގެއިން ފެނިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!