ދުވާފަރުގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 77 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، އުޅަނދުފަހަރަށް ދުއްވޭ ގޮތަށް 25،513 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ.

ހަމައެއާއެކު މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!