ރީތިވާން ބޭނުންތަ؟ ނިދަން އޮށޯންނަމުން މިކަންކަން ކޮށްލަބަލަ!

ގުދުރަތީ ރީތި ކަމަކީ މޭކަޕާއި ސާޖަރީތަކުން ލިބިގަންނަ ރީތިކަމާ ނުބައްދަލު އެއްޗެކެވެ. އެއީ ކޮންމެ މީހަކު ވެސް ބޭނުންވާނީ، އަތުން މާ ބޮޑު ޚަރަދެއް ނުގޮސް ރީތި ހަންގަނޑަކާއި ވަރުގަދަ އިސްތަށިގަނޑެއް ލިބުމެވެ. އެހެންކަމުން މިފަހަރު މި ކިޔައިދެނީ، އެ ކަންތައްތައް ހާސިލްކުރުމަށް ރޭގަނޑު ނިދަން އޮށޯންނަމުން ކުރަންވީ ހަތަރު ކަމެކެވެ.

1. ބިހި ފިލުވުމަށް

މޫނުގައި ނަގާފައި ހުރި ބިހިތައް ފިލުވައިލުމަށް، ރޭގަނޑު ނިދަން އޮށޯންނަމުން އަމިއްލައަށް ތައްޔާރުކުރާ ސްލީޕިން މާސްކެއް މޫނުގައި އުނގުޅާށެވެ. އޭތި ހަދަންޖެހޭނެ ގޮތަކީ އެލޯ ވެރާ ޖެލްގެ 3-4 ސަމްސާ ކުޑަ ބޯތަށްޓަކަށް އެޅުމަށްފަހު އޭގެތެރެއަށް ދެތިން ތިކި ޓީ ޓްރީ އެސެންޝަލް އޮއިލް އަޅައި އެއްކޮށްލާނީއެވެ. އެއަށްފަހު މޫނުގައި ބިހި ނަގާފައި ހުރި ސަރަހައްދުގައި އުނގުޅުމަށްފަހު ހިކުމުން ނިދަން ދާނީއެވެ. ކޮންމެ ރެއަކު އާދަވެގެން މިކަން ކުރާނަމަ ބިހިތައް ވަރަށް އަވަހަށް ފިލައިގެން ދާނެއެވެ.

2. އުޖާލާ ހަންގަނޑަކަށް

ގުދުރަތީ އުޖާލާ ހަންގަނޑެއް ބޭނުންވާ ނަމަ، ނިދަން އޮށޯތުމުގެ ކުރިން މި މާސްކު ތައްޔާރުކޮށް މޫނުގައި ހާކާށެވެ. މާސްކު ތައްޔާރު ކުރާނެ ގޮތަކީ، އަނެއްކާވެސް 4 ސަމުސާގެ އެލޮ ވޭރާ ޖެލް ބޯތަށްޓަކަށް އަޅައި އޭގެތެރެއަށް 1 ސަމްސާގެ ބޭނުން އެސެންޝަލް އޮއިލް އަކާއި ¼ ސަމްސާގެ ރީނދޫ އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ. ރަނގަޅަށް އެއްވުމުން އޭގެން މުޅި މޫނު މަސާޖު ކޮށްލާށެވެ. އަދި މާސްކު ހިކުމުން ނިދަން އޮށޯވެ، ހެނދުނު ހޭލާފައި މޫނު ދޮންނާނީއެވެ. ބާކީ ހުރި ޕޭސްޓުގަނޑު ކުޑަ ދަޅަކަށް އަޅައި ރަނގަޅަށް މަތިބާރުކޮށް ޖަހައި ފަހަށް ރައްކާ ކުރާށެވެ.

3. ރީތި ވަރުގަދަ އިސްތަށިގަނޑަކަށް

އިސްތަށިގަނޑުގެ ބޯ މިން އިތުރު ކުރުމަށް އެންމެ ރަނގަޅު އެއް ބާވަތަކީ ފިޔަލެވެ. އަދި މިއީ އިސްތަށިގަނޑު މަޑުކޮށްދީ އުޖާލާ ކޮށްދޭ އެއްޗެއްވެސް މެއެވެ. އެހެންކަމުން، ތާޒާ ފިޔާ ދިޔައިގެ އެއް ޖޯޑާއި، ¼ ޖޯޑު އެލޮ ވޭރާ ޖެލާއި ބޭނުން އެސެންޝަލް އޮއިލެއްގެ 10 ތިކި އެއްކޮށްލުމަށްފަހު އިސްތަށިގަނޑާއި ތަލައިގައި އުނގުޅާށެވެ. އަދި ބާ ތުވާއްޔަކުން އިސްތަށިގަނޑު ރަނގަޅަށް ނިވާކޮށްލާފައި ނިދަން އޮށޯންނާށެވެ. ނިދާ ހޭލައިގެން ތާފަނާ ފެނާއި ބާރުގަދަ ނޫން ޝޭމްޕޫއަކުން ބޯ ދޮންނާށެވެ.

4. ބޯ ބުމަ އަކަށް

ބުމަ ބޯވެފައި ވަރުގަދަ ވުމަކީ މީހާގެ ރީތިކަން އިތުރުކޮށްދޭ ސިފައެކެވެ. އެފަދަ ބުމައެއް ހާސިލްކުރުމަށް ކޮންމެ ރެއަކު ނިދަން އޮށޯންނަމުން، ކާސްޓާ އޮއިލް އާއި ރޯސްމޭރީ އޮއިލް އަދި އެސެންޝަލް އޮއިލް، މީގެ ކޮންމެ އެއްޗަކުން 2 ސަމްސާ ބޯތަށްޓަކައި އަޅައި އެއްކޮށްލުމަށްފަހު މަސްކަރާ ފިއްސަކުން ދެ ބުމައިގައި ހާކާށެވެ. އަދި ބުމައިގެ ކޮންމެ އިސްތަށްޓެއްގައި ހޭކުން ކަން ޔަގީންކޮށް، ހިކެންދެން މަޑުކޮށްފައި ނިދަން އޮށޯންނާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!