އަންކިތާ މާ އުފަލަކުން މިހުރީ ކީތްވެކަން އިނގޭތަ؟

އަންކިތާ އަކީ އޭނާގެ އާއިލާއާއެކު ހޭދަކުރާ އުފާވެރި ވަގުތުތަކުގެ ފޮޓޯ އަބަދުވެސް ސޯޝަލްމީޑިޔާގައި ހިއްސާކުރާކުރާ އެކްޓުރެސްއެކެވެ. ބުދަ ދުވަހުގެ ހެނދުނު އޭނާ މަންމައާއެކު އަތިރިމަތިގައި ހެދަކޮށްފައިވާ ކޮލިޓީ ވަގުތުގެ ހިތްގައިމު ފޮޓޯތަކުންވެސް އޭނާގެ އިންސްޓާގުރާމު ފަޅުފިލިއެވެ.

މި ފޮޓޯތަކުގައި އަންކިތާ އަޅި ކުލައިގެ ކުރުތާއެއްގައި ފެންނައިރު މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ.

މީގެ ކުރިންވެސް އަންކިތާވަނީ އެނާގެ މަންމައާއި ބައްޕައާއެކު ރީތި ފޮޓޯއެއް ހިއްސާކުރަމުން މައިންބަފައިންނަށް ހިންހަމަޖެހުން ގެނުވާނެފަދަ ފުރިހަމަ ބަސްތަކެއް ޕޯސްޓުކޮށްފައެވެ. މި ޕޯސްޓުގައި މަންމައާއި ބައްޕަގެ މުހިންމުކަން އަންގައިދީފައި ވާއިރު އަންކިތާ  އެދެމީހުންގެ ދަރިއަކަށް ވީތީ އެކަމާމެދު ފަހުރުވެރިވާކަމަށް ވެސް ބުނެފައިވެއެވެ.

ޓީވީ އެކުޓުރެސްއެއްގެ ގޮތުގައި ފިލްމު އިންޑަސްޓުރީއަށް ނިކުތް އަންކިތާ ލޮކަންޑޭ އަކީ މިއަދު ބޮލީވުޑުގައިވެސް ފިޔަޖަހާ ތަރިއެކެވެ. މަނިކަރުނިކާ އަދި ބާގި 3 އިންވެސް އަންކިތާ ވަނީ ފެނިގެންގޮއްފައެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!