ކުރިން ފާޑުކީ ކަންކަން ނުކޮށްގެން، މިހާރު ކިޔަނީ ކުރާ ކަންކަން ގިނަކަމުން: މަޙްލޫފު

ފާޑުކިޔުމާއި މަލާމަތް ކުރިން އަމާޒުވަމުންއައީ ކަންކަން ނުކޮށްގެންކަމަށާއި، ނަމަވެސް މިހާރު ފާޑުކިޔަނީ ކުރާ ކަންކަން ގިނަކަމުންކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަޙްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ކުރިން ފާޑުކިޔައި މަލާމަތްކުރަނީ ކަންކަން ނުކޮށްގެން ކަމަށެވެ. ނަމަވެސް އެއާއި އިދިކޮޅަށް މިހާރު މިހާރު ފާޑުކިޔުން އަމާޒުވަނީ ކުރާ ކަންކަން ގިނަވެގެންކަމަށް ވެސް މިނިސްޓަރު މަޙްލޫފް ވިދާޅުވިއެވެ.

މި ކަން ފާހަގަކުރައްވައި މިނިސްޓަރު މަޙްލޫފް ވަނީ ޔޫތު މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ޒުވާނުންނާއި ގުޅިގެން ހުރިހައި ކުޅިވަރަކާއި ކުރަންޖެހޭ ހުރިހައިކަމެއް ދާނީ ބާރަށް ކުރިއަށްކަމަށް ވިދާޅުވެފައެވެ.

ޔޫތް މިނިސްޓްރީން މިހާތަނަށް އައިއިރުފަސް ރަށެއްގެ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ. އަދި އިތުރު 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ސެޕްޓްރުމަހުގެ 28 ވަނަ ދުވަހު ވީއޭއެމްކޯއާއިވަނީ ޙަވާލުކޮށްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!