އައްޑޫ އާއި ހުވަދޫ ދެމެދު ސީޕްލޭންގެ ޚިދްމަތް ފަށަނީ

އައްޑޫ އާއި ހުވަދޫ ދެމެދު ސީޕްލޭންގެ ހިދްމަތް ފެށުމަށް މޯލްޑިވިއަން އާއި އެކު އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ބުނެފިއެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ ޓޫރިޒަމް އަލުން ހުޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު ހުވަދޫގެ ރިސޯޓުތަކާއި ގަމާއި ގުޅާލުމަށް މޯލްޑިވިއަންގެ ސީޕްލޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސީޕްލޭން ފެށޭ ވަރުވާނެކަމަށް ގައިސު ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވިއަންއާއެކު ހުވަދޫގެ ރިސޯޓުތަކަށް ދަތުރު ކުރުމަށް ގިނަ ރިސޯޓުތަކަށް ފަސޭހަ ވާނެއެވެ. ކުރިން ވެސް މޯލްޑިވިއަންއިން އައްޑޫ ހުވަދޫގެ ސީޕްލޭން ދަތުރު ފެށުމަށް ހުށަހެޅި ނަމަވެސް އެފަހަރު މޯލްޑިވިއަންގެ ބަދަލުގައި އޭއައިއޭއިން ހަމަޖެއްސީ ޓީއެމްއޭ ކަން ގައިސު ފަހަގަކުރިއެވެ.

ޓޫރިޒަމް އަލުން ފަށައިގަންނަ އިރު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު ބޭނުން ކުރުމަށް ވިސްނަމުންދާ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!