އަރުމޭނިޔާ އާއި އަޒަރުބައިޖާން ހަމަނުޖެހުމުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެއްޖެ

ޒަމާންވީ ސަރަޙައްދީ މައްސަލައެއްގައި އަރުމޭނިއާއާއި އަޒަރުބައިޖާނާދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައިފިއެވެ.

ދެ ގައުމުގެ ދެމެދު މިދިޔަ އާދީއްތަ ދުވަހު ވަނީ ބަރު ހަތިޔާރާއެކު ވަރުގަދަ ހަމަލަ ތަކެއް ބަދަލުކޮށް ދެ ގައުމުގެ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެފަ އެވެ. އެއީ އެތައް އަހަރެއްވެފައިވާ ހަމަނުޖެހުން ތަކެކެވެ.

މި ދެ ގައުމުގެ ނުތަނަވަސް ކަމާއި ދެމެދުގައި އޮތް ހަމަނުޖެހުމުަގެ އަސްލަކީ ޢާޒަބައިޖާންގެ ސަރަހައްދެއް ކަމުގައިވާ ނަގޯނަކަރަބާގެ މައްސަލަ އެވެ. އެ ނޫން އެއްވެސް މައްސަލައެއް ނެތެވެ. އެ ސަރަހައްދަކީ ރަސްމީކޮށް އާޒަބައިޖާން ގެ ސަރަހައްދަކަށް ވިޔަސް އެ ތަނުގެ ގިނަ ރައްވެހީންނަކީ އާމީނިޔާ ދަރިކޮޅުގެ މީހުނެވެ.

ނަގޯނަކަރަބާގެ މައްސަލައިގައި އާޒަބައިޖާން އާއި އާމީނިއާ ވަނީ 1980 އިގެ އަހަރު ތަކުގެ ފަހުކޮޅާއި 1990 އިގެ އަހަރުތަކުގެ ކުރީ ކޮޅުގައި ވެސް ވަރުގަދައަށް ހަނގުރާމަ ކޮށްފަ އެވެ. ޢޭގެ ފަހުން ދެ ގައުމުގެ ދެމުދުގައި އޮތް ހަނގުރާމަ ހުއްޓާލި ނަމަވެސް ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރެވިފައެއް ނުވެއެވެ.

އޭގެ ފަހުން ނަގޯނަކަރަބާ އާޒަބައިޖާންގެ ބަޔެއްގެ ގޮތުގައި ކުރިންވެސް އޮތް ގޮތައް އޮތެވެ. އެކަމަކު އެ ސަރަހައްދު ކޮންޓްރޯލް ކުރަނީ އާމީނިއާގެ ސަރުކާރަށް ތާއީދު ކުރާ އާމީނިއާ ދަރިކޮޅުގެ މީހުނެވެ. އޭގެ ފަހުން ބައިނަލް އަގްވާމީ ބޮޑެތި ބާރުތައް މެދުވެރި ވެގެން ދެ ގައުމު ސުލްހަ ކުރުވަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.

ނަގޯރުނޯ-ކަރަބާޚްގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 23އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަސްކަރީ ހަނގުރާމަވެރިންގެ އިތުރުން ޢާންމުންގެ މީހުންވެސް ހިމެނެއެވެ.

ނަގޯރުނޯ-ކަރަބާޚްއިން ބުނީ އަޒަރުބައިޖާނުން އެ ސަރަޙައްދަށް ޙަމަލާދިނުމުގެ ސަބަބުން އެމީހުންގެ 16 ސިފައިން މަރުވެ، 100އަށްވުރެ ގިނަ މީހުން ޒަޚާމްވެފައިވާކަމަށެވެ. ނަގޯރުނޯ-ކަރަބާޚްއާއި އަރުމޭނިއާއިން މިހާރުވަނީ މާޝަލް ލޯ ހިންގައި ޤައުމުގެ ހިންގުން އަސްކަރިއްޔާއަށް ޙަވާލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!