އާޝާ މުސްކުޅިވެއްޖެ ކަމަށް ބުނުމުން ދިނީ މަޖާ ރައްދެއް!

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް އާޝާ ނޭގީ ހިއްސާކުރި ފޮޓޯއަކަށް ކޮމެންޓުކުރި ފާޑުކިޔުންތެރިއެއްގެ ކޮމެންޓު މަޖާ ވެގެން، އާޝާ އެ ކޮމެންޓު އެންމެންނަށް ދައްކާލައިފިއެވެ.

މިދިޔަ އޮގަސްޓު 25 ވަނަ ދުވަހު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކަކީ، އޭނާގެ 30 ވަނަ އުފަންދުވަހު ފަރުބަދަތަކެއް ބަލައިލުމަށް ޒިޔާރާތްކޮށް ނަގާފައިވާ ފޮޓޯތަކެކެވެ. އަދި އޭގެން އެއް ފޮޓޯގައި ގެއެއް ފާޑު ތަނެއްގެ ފެންޑާމަތީގައި ހުއްޓިލައިގެން ހުންނަތަން ފެނިގެން ފާޑުކިޔުންތެރިއަކު އެއަށް ކޮމެންޓު ކުރަމުން ބުނީ އާޝާ ވަރަށް މުސްކުޅިވެއްޖެ ކަމަށެވެ.

“މިހާރު މުސްކުޅިވެއްޖެ، އަވަހަށް މީހަކާ އިންނަންއުޅޭ. ތިތާ ތިހިރަ ފާރުވެސް ތިބާއަށް ވުރެ ޒުވާން ވާނެ”، ޝީބާ ޕްރަބޫދާސް ނަމަކަށް ކިޔާ މީހަކު ކޮމެންޓު ކޮށްފައިވެއެވެ.

ކޮންމެއަކަސް އާޝާ މި ކޮމެންޓު މަޖާ ވެގެން އޭނާ ވަނީ ސްކްރީންޝޮޓެއް ނަގައި އެ ފޮޓޯއާއެކު އިންސްޓަގްރާމަށް ލައިފައެވެ. އަދި އެއީ ސައިބާ ބުލީކުރުމަށް ވިޔަސް، އެ ޖޯކު މަޖާކަމުން ނުލައި ނުހުރެވުނީ ކަމަށް އާޝާ ބުންޏެވެ. “އެކުވެރިޔާގެ މަޖާކަމަށް 100 ޕޮއިންޓު ދޭ ވަރުވޭ. އެކަމަކު ތިކަހަލަ ވިސްނުން ގެންގުޅެންޏާ ކީއްކުރާނީ”، އާޝާ ލިޔެފައިވެއެވެ.

އާޝާގެ މި ޕޯސްޓަށް އޭނާގެ ރައްޓެހި ޓީވީ ބަތަލާއިން ވެސް ވަނީ ކޮމެންޓު ކޮށްފައެވެ. ހަމައެހެންމެ، މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނީ، އާޝާ ވަރަށް ރީތި ކަމަށާއި، ކައިވެންޏަކީ ވަކި މީހާ ޒުވާންކޮށް ބަހައްޓައިދޭ އެއްޗެއް ނޫން ކަމަށެވެ.

އާޝާ،31، އެންމެފަހުން ފެނިގެން ގޮސްފައިވަނީ އެކްތާ ކަޕޫރުގެ ވެބް ސީރީޒެއް ކަމަށްވާ “ބާރިޝް” އިންނެވެ. ގިނަ ބަޔަކަށް އާޝާ އެނގިގެން ގޮސްފައިވަނީ ޒީޓީވީ އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ “ޕަވިތުރަ ރިޝްތާ” ގައި ޕޫރްވީ ދޭޝްމުކްގެ ރޯލުންނެވެ. އަދި އެ ސިލްސިލާގައި ޕޫރްވީގެ ލޯބިވެރިޔާގެ ރޯލު ކުޅުނު ރިތްވިކް ދަންޖަން އާ އާޝާ ވަނީ ހަގީގީ ދިރިއުޅުމުގައި ވެސް ރައްޓެހިވެފައެވެ. ނަމަވެސް 7 އަހަރު އެކުގައި އުޅުމަށްފަހު، މި އަހަރުގެ މޭ މަހުގެ ތެރޭގައި އެދެމީހުން ވަނީ ރުޅިވިކަން އިއުލާނުކޮށްފައެވެ. އޭގެކުރިން މި ޖޯޑަކީ ޓީވީ އިންޑަސްޓްރީގެ “ޕަވާ ކަޕުލް” އެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަމުން އައި ޖޯޑެކެވެ.

ރިތުވިކް އާއި އާޝާ: ދެމީހުން ރައްޓެހިވީ “ޕަވިތުރާ ރިޝްތާ” ކުޅުނު ދުވަސްވަރު

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!