ރަންބީރުގެ އުފަންދުވަސް ފާހަގަކުރި ގޮތް އާލިއާ ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރު މިއަދު ފާހަގަކުރި އޭނާގެ 38 ވަނަ އުފަންދުވަހާ ގުޅޭ ޙާއްސަ ފޮޓޯއެއް އޭނާގެ ލޯބިވެރިޔާ ބަތަލާ އާލިއާ ބަޓް ފޭނުންނަށް ދައްކާލައިފިއެވެ.

އާލިއާ އެ ފޮޓޯ ހިއްސާކުރި އޭނާގެ އިންސްޓަގްރާމްގައެވެ. އަދި ކެޕްޝަނަކަށް ލިޔެފައިވަނީ “ހެޕީ ބާތުޑޭ 8” އެވެ. ރަންބީރު އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކޭކު ފަޅަން ތައްޔާރުވެގެން އިންނަ މަންޒަރު ފެންނަ މި ފޮޓޯ އިތުރަށް ހިތްގައިމުކޮށްދެނީ އޭނާގެ މޫނުމަތިން ފެންނަ ހިނިތުންވުމެވެ. އަދި އާލިއާ މި ޕޯސްޓު ލީތާ އެންމެ ހަގަޑިއިރު ތެރޭގައި ވަނީ އެއް މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައެވެ.

View this post on Instagram

happy birthday 8 ❤️

A post shared by Alia Bhatt ☀️ (@aliaabhatt) on

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ރަންބީރު ކަޕޫރަކީ މީސްމީޑިއާއާ ވަރަށް ދުރު ތަރިއެއް ކަމެވެ. އެގޮތުން އެހެން މަޝްހޫރު މީހުން ފަދައިން އިންސްޓަގްރާމް އަދި ޓުވިޓާ ފަދަ ޕްލެޓްފޯމުތަކުގައި ރަސްމީކޮށް ރަންބީރު ނޫޅެއެވެ. ރަންބީރުގެ ފޮޓޯތައް އާންމުކޮށް ފެންނަނީ އޭނާގެ ގާތް އެހެން މީހުންގެ އެކައުންޓުތަކުންނެވެ.

ރަންބީރަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި، އާލިއާގެ ދައްތަ ޝަހީން ވެސް ވަނީ ރަންބީރުގެ ފޮޓޯއެއް އިންސްޓްގަރާމް ސްޓޯރީއަށް ލައިފައެވެ. ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ވެފައިވާ ރަންބީރާއި އާލިއާގެ ޖޯޑު، މި އަހަރު ޑިސެންބަރުގައި ކައިވެނި ކުރާނެ ކަމުގެ އަޑުތައް ވަނީ މީގެކުރިން ފެތުރިފައެވެ. ނަމަވެސް މިހާރު ގިނަ މީޑިއާތަކުން ބުނަނީ، މި ދެތަރިންގެ ކައިވެނި އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށެވެ. އެއީ ކޮވިޑު-19 އާއި، އެދެމީހުންގެ ފިލްމީ މަސައްކަތްތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!