ސުޝާންތުގެ މަރާއި ގުޅިގެން ތަހުޤީގު ގޮސްފައިވާ ހިސާބު ފުލުހުން ހިއްސާކޮށްފި

މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ފިލްމީ ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށެވެ.

ސުޝާންތުގެ މަރަށް ތިން މަހާއި ބައިވެފައިވާ އިރު ސުޝާންތު މަރުވެފައިވަނީ ކިހިނެއް ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ތަހުގީގު ކުރަމުންދާ މި މައްސަލާގައި އެތައް ވާހަކަތަކެއް ފެންމަތިވެފައި ވީ ނަމަވެސް ރަސްމީ ގޮތުން މިހާތަނަށް ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިއަދު ސީބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުޝަންތްގެ މަރާއި ގޫޅޭގޮތުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ މަރުވީ އަމިއްލައަށް ކަމެއް ނުވަތަ މީހަކު އޭނާ މަރާލީ ކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ސީބީއައިން ބުނެއެވެ. މީގެއިތުރުން އެ މައްސަލަ ވަރަށް ޕްރޮފެޝަނަލްކޮށް ތަހުގީގު ކުރަމުންދާ ކަމަށާއި ހުރިހާ އޭންގަލްއަކުން އެކަން ބަލަމުންދާ ކަމަށް ސީބީއައިން ބުނެއެވެ

ސުޝާންތު ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގެއިންނެވެ. އަދި އ ތަހުގީގު ކުރުމުގެ ތެރެއިން މިހާރު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްވެސް ފެންމަތިވެފައެވެ، އެގޮތުން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ އާއި އޭނާގެ ކޮއްކޮ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!