ބަންގްލަދޭޝްގެ ބަންޑާރަނައިބު އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ބަންޑާރަނައިބު އަވަހާރަވެއްޖެއެވެ.

އުމުރުން 71އަހަރުގެ މަހްބޫބޭ އާލަމްއަށް ކޯވިޑް-19 ޖެހުމުގެ ސަބަބުން ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހުވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ނަމަވެސް އޭނާގެ ޙާލުކޮޅު ފަހުން ރަނގަޅުވެ ކޯވިޑް-19ގެ އަސަރު ހަށިގަނޑުން ފިލާފައިވާކަމަށް ބަންގްލަދޭޝްގެ ޤާނޫނާބެހޭ ވުޒާރާއިން ބުންޏެވެ. ފަހުން ޙާލުކޮޅު އިތުރަށް ގޯސްވެ ކުއްލި ފަރުވާ ދިނުމަށް ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހުވަނީ އައިސީޔޫގައި އެނދުމަތިކޮށްފައެވެ. އޭނާ އަވަހާރަވީމިއަދުގެ އިރާކޮޅުގެ ވަގުތެއްގައެވެ.

2009ވަނަ އަހަރު މަޤާމާ ޙަވާލުވެވަޑައިގެންނެވި މަހްބޫބޭ އަކީ ބަންޑާރަ ނައިބުގެ ގޮތުގައި އެންމެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!