އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ 24 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 24 އިންސައްތަ ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީން ބުނީ، މި މަޝްރޫއުގެ ތެރެެއިން ބަނދަރު ފުންކުރުމުގެ 38 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން ހިއްކުން ހިމެނެއެވެ.

95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ވެސް މަޝްރޫއުގެ ތެރެގައި ހިމެނެއެވެ.

މަގު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ބަޖެޓަކީ 51.72 މިލިއަން ރުފިޔާއެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޮބިލައިޒް ކުރެވިފައި ވަނީ، މެއި 30، 2020 ގައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!