އިންޑިއާ ކާގޯ ބޯޓު މާލެއަށް ބަނދަރުކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރަން ފަށާފައިވާ ކާގޯ ބޯޓު ކުޅުދުއްފުށި ސިޓީގެ ބަނދަރުގައި އޮތުމަށްފަހު މާލެއަށް މިއަދު ބަނދަރުކޮށްފިއެވެ.

އިންޑިއާގެ ކޮޗިން އިން މި މަހުގެ 21 ވަނަ ދުވަހު ފުރި، “އެމްސީޕީ ލިންޒް” ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ޓުޓިކޯރިން އިން ފުރައިގެން ކޮޗިން ބަނދަރާ ކައިރި ކުރުމަށްފަހު އެވެ. މުދާ އުފުލާ ބޯޓު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފައި ވަނީ ދެ ކޮންޓައިނާ އެވެ. ބޯޓުގައި ހުރީ ގާތްގަނޑަކަށް 500 ޓަނުގެ މުދަލެވެ.

މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!