އާލިއާގެ މަންމަ ހިއްސާކުރި ޕޯސްޓުން ލޯބި އުތުރި އަރަނީ!

އިންޑިއާގައި މިއަދު ފާހަގަކުރި އަންހެން ދަރިންގެ ދުވަހާ ގުޅިގެން ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓްގެ މަންމަ ވަރަށް ހިތްގައިމު އިންސްޓަގްރާމް ޕޯސްޓެއް ހިއްސާކޮށްފިއެވެ.

އެގޮތުން ސޯނީ ރަޒްދާން ހިއްސާކުރި ފޮޓޯއަކީ އޭނާގެ ދެދަރިން ކަމަށްވާ އާލިއާއި ޝަހީން ބަޓް އެކުގައި ނަގާފައިވާ ސެލްފީއެކެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި ސޯނީ ލިޔެފައިވަނީ ވަރަށް ވެސް ލޯބި ބަސްކޮޅެކެވެ.

“އަހަރެންގެ ދެ ހިތް އޮވޭ، އަދި އެ ދެ ހިތް ތެޅެނީ ތި ދެކުދިންގެ ހަށިގަނޑުގައި”، 27 އަހަރުގެ އެކްޓްރެސް މަންމަ ލިޔެފައިވެއެވެ. މި ޕޯސްޓަށް އާލިއާ އަދި ކޮމެންޓެއް ކޮށްފައި ނުވިޔަސް، ފޭނުން އަންނަނީ ތައުރީފު ކުރަމުންނެވެ.

ސޯނީ ރަޒްދާން ބޮލީވުޑްގެ ނުފޫޒުގަދަ ޕްރޮޑިއުސަރު މަހޭޝް ބަޓް އާ ކައިވެނިކޮށްގެން ލިބުނު ދެކުދިންގެ ތެރެއިން އާލިއާ އަކީ ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ތަރިއެވެ. އަދި ޝަހީން އަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، ބަޓް އާއިލާއަކީ ބޮލީވުޑްގައި ވަރަށް ވަރުގަދަ އާއިލާއެއް ކަމެވެ. އެގޮތުން އާލިއާގެ އެއްބަފާ ޕޫޖާ ބަޓަކީ ކުރީގެ ބަތަލާއެއްގެ އިތުރުން މިހާރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަންނާނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!