މުޒާހަރާއަށް ގޮސް އުޅެނިކޮށް ހިމާންޝީއަށް ކޮވިޑު ޖެހިއްޖެ

“ބިގް ބޮސް 13” އިން ވިދައިލި ޕަންޖާބު މޮޑެލް/އެކްޓްރެސް ހިމާންޝީ ކުރާނާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން ހާމަކޮށްފިއެވެ.

ހިމާންޝީ މިކަން އިއުލާނުކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. އެގޮތުން 28 އަހަރުގެ އެކްޓްރެސް ބުނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން އުޅެނިކޮށް ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ އިއްޔެ އޮތް މުޒާހަރާއެއްގައި ބައިވެރިވުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

View this post on Instagram

🙏🙏

A post shared by Himanshi Khurana 👑 (@iamhimanshikhurana) on

“އަހަރެން އިއްޔެގެ މުޒާހަރާގަ ބައިވެރިވީމަ ހިތަށް އެރީ މިއަދު ހަވީރު އޮތް ޝޫޓިންގ އަށް ދިޔުމުގެ ކުރިން ޓެސްޓު ކޮށްލާނީއޭ”، ޕޮޒިޓިވް ކަން އެނގުނު ގޮތް ހިމާންޝީ ހިއްސާކުރިއެވެ.

ހިމާންޝީ ވަނީ އޭނާއާ ކޮންޓެކްޓުވި އެންމެންވެސް ޓެސްޓު ކުރުމަށް އިރުޝާދުދީފައެވެ. އަދި މީގެ އިތުރުން އޭނާ ވަނީ މުޒާހަރައިގެ ބައިވެރިން ވެސް ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައިގެން އުޅުމަށް ނަސޭހަތްތެރި ވެފައެވެ. “އަހަރެމެން މިއުޅެނީ ބޮޑު ބަލިމަޑުކަމެއްގަ ކަން ހަނދާން ނައްތާނުލާތި”، ހިމާންޝީ ލިޔެފައިވެއެވެ.

ހިމާންޝީ އިއްޔެ ބައިވެރިވި މުޒާހަރާއަކީ، އިންޑިއާގެ ދަނޑުވެރިކަމާ ބެހޭގޮތުން ދާދިފަހުން ފާސްކުރި ބިލާ ދޭތެރޭ ހިތްހަމަނުޖެހިގެން ދަނޑުވެރިން ކުރި މުޒާހަރާ އެކެވެ. އަދި ހިމާންޝީ އެ މުޒާހަރައިގައި ބައިވެރިވީ، އެމީހުންނަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.

ކޮންމެއަކަސް ހިމާންޝީ ކޮވިޑަށް ޕޮޒިޓިވްވި ކަން އިއުލާނު ކުރުމާއެކު އޭނާގެ ފޭނުން އަންނަނީ އަވަސް ޝިފާއަކަށް އެދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!