މިރާ ހޭވައްޓާލާފައި ހަމަ ކަނީ

ބޮލީވުޑުގެ މަޝްޙޫރު އެކުޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖުޕުތު ސޯޝަލް މީޑިއާގައި ހިއްސާކުރާ ކޮންމެ ފޮޓޯ އަކީ ބެލުންތެރިންގެ ހާއްސަ ސަމާލު ކަމެއް ލިބޭ ފޮޓޯ އަކަށް ވެއެވެ. ދާދި ފަހުން މީރާ އޭނާގެ އިންސްޓާގުރާމު ސުޓޯރީގައި ހިއްސާކުރި ފޮޓޯއަށް ވެސް ގިނަބައެއްގެ ސަމާލުކަން ވަނީލިބިފައިއެވެ.

މި ފޮޓޯ އިން ފެންނަނީ ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮއްފައިވާ ތަފާތު ވައްތަރުގެ ކާތަކެއްޗެވެ.ފޮޓޯ އަށް ރީތިވާނެހެން ތައްޔާރުކޮއްފައިވާ މި މޭޒުގައި ނަންހުސްކޮށް ތަކެތި އަތުރާފައި ހުއްޓެވެ.

އާއިލާ އާއެކު ކުރެވޭ މިފަދަ ހާއްސަ ކަންތައްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާ ކުރުމަކީ މިރާ އަށް ލިބޭ އުފަލެއް ކަމުގައި ދެކެއެވެ. ދާދިފަހުން މީރާ ވަނީ އޭނާގެ ގޭގައި ފާހަގަ ކުރި އުފަންދުވަހުގެ އުފަލުގައި ފޭނުން ބައިވެރިކުރުމުގެ ގޮތުން ފޮޓޯ ހިއްސާ ކޮށްފައެވެ.

ޝާހިދު އާއި ދެދަރިންނާއެކު ގޭގައި މިވަގުތު ، ވަގުތު ތައްހޭދަކުރަމުންދާ މީރާ ވަނީ މީގެ ކުރިންވެސް ދެދަރިންގެ އުފަންދުވަހުގެ ހަފުލާ ކުރިއަށް ގެންދާނެ ގޮތަކައި މެދުގައި ސޯޝަލް މީޑިޔާ މެދުވެރިކޮށް ފޭނުންގެ ހިޔާލުވެސް ހޯދާފައެވެ. އަދި ދަރިފުޅު މިޝާގެ ހޯމް ސުކޫލިންގެ ކަންތައްތައް ކުރިއަށްދާގޮތުގެ ފޮޓޯވެސް އޭނާ ހިއްސާކޮށްފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!