އިންޑިއާ އިން ލަންކާ އަށް 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދެނީ

ސްރީލަންކާގައި ހިންގާ އަވިން ހަކަތަ އުފެެއްދުމުގެ ތިން މަޝްރުއޫއަކަށް އިންޑިއާ އިން، 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދޭން ނިންމައިފިއެވެ.

ލަންކާގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ގޯޕާލް ބަގްލޭ ވަނީ ލަންކާގެ މިނިސްޓަރު އޮފް ޕަވާ ދުއްލާއްސް އަލަހައްޕެރުމާއި ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި ބައިލޭޓަރަލް ގުޅުން ބަދަހިކުރުމުގެ އިތުރުން ދެ ގައުމު ގުޅިގެން ޕަވާސެކްޓް ކުރިއެރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އިންޑިއާގެ ހައިކޮމިޝަނަރު ވަނީ 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ”އޮފާ ލެޓާ” ލަންކާގެ ޕަވާ މިނިސްޓަރަށް އަރުއްވާފައެވެ. ލަންކާގެ އަވިން ހަކަތަ އުފައްދާ މަޝްރޫއުތަކަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ދޭން ނިންމާފައިވަނީ 2018 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޓަނޭޝަނަލް ސޯލާ އެލައިންސް ކޮންފަރެންސްގައި ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ކްރެޑިޓް ލައިންގެ ދަށުން އަމިއްލަ 20،000 ގޭގެ އިތުރުން ސަރުކާރުގެ 1000 އިމާރާތުގެ ސޯލާ ސިސްޓަމް ބަހައްޓަން ހަރަދުކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!